ނަފުރަތުގެ ބިލް ފާސްނުކުރުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލިއިރު، އެކަމަށް ގޮވާލާ ނެރުނު ނޫސްބަޔާނުގައި މާލެސިޓީ ކައުންސިލްގެ ހަ މެމްބަރުން ސޮއެ ނުކުރައްވައެވެ.
މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، އެ އިސްލާހަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ތަޢާރަޒުވާ ޤާނޫނުއަސާސީއާއި ޚިލާފު އިސްލާހެއް ކަމުގައި ދެކޭތީއާއި، އިސްލާހުގެ ސަބަބުން ދިވެހީންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ކީރިތި ނަބިއްޔާ މުޙައްމަދުގެފާނަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ޤާނޫނަކުން ހުއްދަ ކުރެވޭނެކަމަށް ބެލެވޭތީ އާއި އަދި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ކުށެއްކަމުގައި ކަނޑައެޅުމުގެ އިސްލާހަށް މާލޭ ސިޓީ ކައުންސިލް ދެކޮޅު ކަމަށެވެ.
އަދި އެ އިސްލާހު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީ ތަމްސީލުކުރާ މެމްބަރުން ގޮވާލާ ކަމަށެވެ.
މި ބަޔާނުގައި މާލެ ސިޓީ ކައުންސިލްގެ ފަސް މެމްބަރަކު ސޮއި ނުކުރައްވައެވެ. އެއީ ކައުންސިލަރ އާއިޝަތި ނިޒްލީ ރަޝީދު، މުޙައްމަދު ސައިފް ފާތިހް، މަރްޔަމް ރީހާން ނާޡިމް ގެ އިތުރުން އަޙްމަދު ޟަމީރުއާއި މުޙައްމަދު އަރީޝް އަދި މަރިޔަމް ނާޡިމާ މުހައްމަދު ފާއިޒެވެ.
ރާއްޖޭގެ ބައެއް ކައުންސިލްތަކުން މިހާރު ދަނީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން އެކަމާ ދެކޮޅުހަދައި ނޫސްބަޔާން ނެރެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް