މާލެ ސަރަހައްދުން މިއަދު ކޮވިޑްއަށް ފައްސިވި އަދަދު88ށް ތިރިވެއްޖެއެވެ.
އެންމެ ފަހުން މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދު100 އަށް ވުރެ ދަށްވެފައިވަނީ އޭޕްރީލް24 ގައެވެ. އޭގެ ފަހުން އަދަދުތައް މަތިވަމުން ގޮސް، މޭ މަހުގައި މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދު ހާހަކަށްވެސް އަރާފައި ވެއެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ246 އެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 88 މީހުން ފައްސިވެފައި ވާއިރު، އަތޮޅުތެރެއިން ފައްސިވެފައި ވަނީ 137 މީހުންނެވެ. އަދި ރެސޯޓްތަކުން 13 މީހުނާއި ހަދަމުންދާ ރަށްތަކުން އަށް މީހަކު ފައްސިވެފައި ވެއެވެ.
މިއަރު ރާއްޖޭގައި4،788 ސާމްޕަލް ނަގާފައި ވެއެވެ.
މިހާތަނަށް70،077 މީހުން ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން58،832 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި195 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ކޮވިޑްބަލީގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ97 މީހުންނަށެވެ. މި ހިނގާ ޖޫން މަސް ފެށުނު އިރުވެސް މި އަދަދު ހުރީ200 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް