ލާމު ކޮވިޑް ފެސިލިޓީއިން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިރޭ10:54 ހާއިރު ނިޔާވެފައި ވަނީ އުމުުރުން92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ލ. ކޮވިޑއ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ194ށް އަރާފައެވެ.
https://twitter.com/HPA_MV/status/1403754291874041862
ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ، އުމުރުން25 އަހަރުގެ ދިވެހި އަންހެނެއް ވެސް މިއަދު ނިޔާވެފައި ވެއެވެ. އޭނާ ނިޔާވުމުގެ ކުރިން ހާލު ސީރިއަސްވުމުން ދަރިފުޅު ނަގާފައިވާކަމުގެ މައުލޫމާތު ލިބެއެވެ. ދަރިފުޅުގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް