މިއަހަރުވެސް ހައްޖުވެވޭނީ ސައުދީގައި ދިރިއުޅޭ މީހުންނަށް، 60،000 މީހުންނަށް ފުރުސަތު ލިބޭ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރެވޭނީ ސައުދީ އަރަބިއްޔާގައި ތިބި މުސްލުމުންގެ ތެރެއިން 60،000 މީހުންނަށް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ. ސައުދީ ހައ...

12 Jun 2021 | 16:10

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރެވޭނީ ސައުދީ އަރަބިއްޔާގައި ތިބި މުސްލުމުންގެ ތެރެއިން 60،000 މީހުންނަށް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ.

ސައުދީ ހައްޖު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖުވުމުގެ ފުރުސަތުދޭ 60،000 މީހުންގެ ތެރޭގައި ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުން ހިމެނޭނެ ކަމަށެވެ. އެ އެންމެންނަކީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ބައްޔެއް ހުންނަން މީހަކަށް ވެގެން ނުވުމުގެ އިތުރުން ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

ހައްޖު ވުމުގެ ފުރުސަތު ދެނީ އުމުރުން 18-65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ސައުދީ ހައްޖު މިނިސްޓްރީ ބަޔާނުގައި ބުނެގައިވަނީ މިގޮތަށް ނިންމާފައި ވަނީ ކޯވިޑް-19 ގައި ދުނިޔޭގެ މިހާރުގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ކޯވިޑްގެ ހާލަތަށް ބަދަލު އަންނަމުން ދާއިރު އާ ވޭރިއެންޓުގެ ބިރު ގައުމުތަކުގައި އޮތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ގައުމުތަކުން މީހުން ހައްޖަށް ދިއުން މަނާ ކުރަން ނިންމީ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ކޯވިޑް-19 އާއި ގުޅިގެން ހައްޖުވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ 160 ގައުމެއްގެ މީހުންނާއި ސައުދީ ރައްޔިތުންގެ ތެރެއިން 1،000 މީހުންނަށެވެ. އޭގެ ކުރިން ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައުދީން ދެ އެވެ.

ސައުދީގައި މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 463،000 މީހުންނަށެވެ. އޭގެ ތެރެއިން 7،536 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް