މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުމުގެ އިތުރުން އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބިމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެފަދަ މައްސަލަތަކުގެ ރިޕޯޓްތައް ލިބެމުން ދާތީ، ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދވޭ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން ދ ކަމަށެވެ.
އޭގެ އިތުރުން، މިކަމުގެ މައުލޫމާތު، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށްގެން ހައްލެއް ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މިސްކިތުގައި ނިދާފައިތިބި ބައެއްގެ ފޮޓޯ ފޭސްބުކްގައި ޖެހުމަށްފަހު މީހަކު ބުނެފައި ވަނި، މިކަން މީހުންް ފުލުހުންނަށް ރިޕޯޓް ކުރާތީ، 'ސމާނުކޮޅު' ހުންނަނީ ޚަތިމް ތެރޭގައި ފޮރުވާފައި ކަމަށެވެ. އަދި ފަތިސް ނަމާދު ވަގުތުގައި ގޮސް އެމީހުނަށް ގޮވާލުމުން، ޚަތިމް ހާވާލުމަށްފަހު 'ޕެކެޓް' ހިފައިގެން މިސްކިތުން ނުކުމެގެން ދިޔައީ ކަަމަށް ފޭސްބުކްގައި މިވާހަކަ ހިއްސާކުރި މީހާ ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް