މާލެ ސިޓީކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އާމިނަތު ޔުމްނާ ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މާލެ ކައުންސިލަށް ހޮވިވަޑައިގަތް ހަމައެކަނި މެމްބަރު ޔުމްނާ ވަނީ ޕީޕީއެމްއަށް ސޮއިކުރުމަށްފަހު، އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ މެމްބާޝިޕް ފޯމްހަވާލު ކުރައްވާފަ އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އޮފީހުގައި ބޭއްވި ރަސްމއްޔާތެއްގައި ޔުމްނާ ޕީޕީއެމް އަށް ސޮއިކުރެއްވި އިރު، އެ ރަސްމިއްޔާތުގައި މާލެ ކައުންސިލްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީ ހުޅުމާލޭ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމް އެހެން މެމްބަރުންވެސް ބައިވެރިވެފައި ވެއެވެ.
މިއާއެކު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިވަނީ ޕީޕީއެމް އަށް ލިބިފައެވެ. މި ކާމިޔާބީ އާއެކު، މިއަދު ޕީޕީއެމުން އެހެން ނާކާމިޔާބީ އަކާ ކުރިމަތިލާފައި ވެއެވެ. އެއީ އެލްޖީއޭ އަށް ވާދަކޮށް ޑރ މުހައްމަދު މުއިއްޒުއަށް ނާކާމިޔާބު ވުމެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.
މުއިއްޒުއާ ވާދަކުރައްވާ އެލްޖީއޭގެ ބޯޑަށް ހޮވިވަޑައިގެންފައި ވަނީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް