ދައުރުކުރަމުންދާ މި ފޮޓޯތަކަކީ އަސްލެއް ނޫން، ގައިދީއަކަށް އަނިޔާއެއް ވެފައި ނުވޭ: ކަރެކްޝަންސް

މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދަށް އަމަޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާގެ ފަހުން، ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަ...

12 Jun 2021 | 09:34

މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދަށް އަމަޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާގެ ފަހުން، ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޖަލުތަކުގައި މިއަދު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުން އަންނައިރު އެ އޮޕަރޭޝަންތަކުގެ ތެރެއިން ޓޭޒަރ ބޭނުންކުރުމުން ގައިދީންނަށް އަނިޔާވެފައިވާކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކް ފޮޓޯތަކެކަން ދުވަސް އަސް ކަޝަވަރުކުރެވިއްޖެއެވެ.

މި ފޮޓޯތަކާއި ގުޅޭ ގޮތުން، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި އަދި ޓޭޒަރ ބޭނުންނުކުރާކަމަށެވެ. ފުލުހުން ވެސް ބުނެފައި ވަނީ މިހެންނެވެ. އަދި އަނިޔާވެފައިވާ ކަމަށްބުނެ ދައުރުކުރާ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ނޫންކަމަށްވެސް ކަރަކެކްޝަންސްގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ޖަލު ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ މަޢުލޫމާތު ދީފައެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް