ޖަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް، އަދި ކުރީފެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މާލޭގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހިންގަމުންދާ އޮޕަރ...

12 Jun 2021 | 09:14

ރައްޔިތުންގެ މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް، އަދި ކުރީފެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މާލޭގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހިންގަމުންދާ އޮޕަރޭޝަން ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ޓީޒަރ ގަން ބޭނުންކުރާ ކަމަށާއި މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެކަމަކު ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ޖަލުގައި ޓީޒަރ ގަން ބޭނުން ނުކުރާ ކަމަށާެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ވެސް ހިނގާފައި ނުވާ ކަމަށެވެ.

ޖަލުތަކުގައި ކުރިއަށްދާ އޮޕަރޭޝަންގެ ތަފުސީލު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކުރި ކަމަކީ މި އޮޕަރޭޝަނަކީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މާލޭގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހިންގަމުންދާ އޮޕަރޭޝަނެއް ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް