ހަޖަމުގެ މައްސަލަ ދިމާވާ މީހުންނަށް ބޮވިދާނެ ބައެއް ބުއިންތައް !

ހަޖަމުގެ މައްސަލައަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ހަމައެކަނި އެމެރިކާގެ އާބާދީގެ 62 މިލިއަން މީހުންގެ މި މައްސަލަ ހުންނަ ކަމަށް ވެއެވެ. ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރ...

12 Jun 2021 | 07:50

ހަޖަމުގެ މައްސަލައަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ހަމައެކަނި އެމެރިކާގެ އާބާދީގެ 62 މިލިއަން މީހުންގެ މި މައްސަލަ ހުންނަ ކަމަށް ވެއެވެ. ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކެއުމެއް ނުވަތަ ބުއިމެއް އެ ފަދަ މީހުންނަށް ބޭނުންވެއެވެ. އެގޮތުން މި ކޔައިދޭ ބުއިންތައް ބޭނުންކުރުމުން، ހަޖަމުވުން ރަމގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ. މީގެ އިތުރުން، ބަނޑުހިކި ފާޚާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް ވެސް މި ބުއިންތައް ބޭނުންކުރެވިދާނެ އެވެ.

1) މަސާލާ ޓީ

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ސައިގެ ބާވަތެކެވެ. ފެނުކެއްކި އިނގުރާއި، ސިނަމަން، ޕެޕާރ ކޯންސް، ކާޑެމަން، އަދި ތުލްސި ފަތް އެއްކޮށްގެން ބައި ޖޯޑު ފެނުގައި ގިރާލާށެވެ. މި ބުއިން ތައްޔާރުކުރުމުގައި ބޭނުންވާ ތަކެތި އަޅާނީ އެ މީހަކަށް ފެންނަ މިންވަރަކަށެވެ. އަދި ކުޑަ މާމުއި ފޮދެއް އެޅުމަށް ފަހު ބޯލާށެވެ. މި ބުއިން ހެނދުނު ހޭލުމަށް ފަހު ހުސްބަނޑާ ހުރެ ބުއިން އެދެވިގެން ވެއެވެ. އަދި ގަވާއިދުން މި ބޭނުންކުރުން ވެސް މުހިންމެވެ.

2) ގްރީން ސްމޫތީ

މި ތައްޔާރު ކުރުމަށް، ޗިސްކޮށްފައި ހުރި ފެނުކެއްކި އިނގުރާއި، ލުނބޫ، ޔޯގަޓް، ކިރު، އަނބު އަދި ފެންފޮދެއް މިކްސަރަށް އެޅުމަށް ފަހު ގިރާލާށެވެ. އެެ އަށް ފަހު ފުރާނައިގެން ބޯލާށެވެ. ބޭނުން ނަމަ ކުޑަ ހަކުރު ކޮޅެއް އެޅިދާނެއެވެ. މި ބުއިން ތައްޔާރުކުރުމުގައި ބޭނުންވާ ތަކެތި އަޅާނީ އެ މީހަކަށް ފެންނަ މިންވަރަކަށެވެ.

3) މޭބިސްކަދުރުގެ ދިޔަ

ހަށިގަނޑަށް ފައިދާ ލިއްބައިދެނިވި މުހިންމު މާއްދާތަކެއް އެކުލެވޭ މޭބިސްކަދުރުގައި ހިމެނޭ ބައެއް ބައިތަކަށް ބަލާއިރު، ހަކަތަ، ކާބޯހައިޑްރޭޓް، ޕްރޮޓީން، ފައިބަރު، ފެޓް ހިމެނެއެވެ. ވިޓަމިންތަކަށް ބަލާއިރު ފޯލިކް އެސިޑް، ވިޓަމިން އޭ، ސީ، އީ އަދި ކޭ ފާހަގަ ކުރެވެއެވެ. މައުދަންތަކުގެ ބަޔަށް ބަލާއިރު ކެލްސިއަމް، ކޮޕާ، ދަގަނޑު، މެގްނީޒިއަމް އަދި މެންގަނީޒް ހިމެނެއެވެ. މީގެ އިތުރުން ތަފާތު އެކި ފައިޓޯނިއުޓްރިއެންޓްތައްވެސް މޭބިސްކަދުރުގައި ހިމެނެއެވެ.

4) އަލޯވެރާ ޖޫސް

އަލޯވޭރާ ގަހުގެ ފަތުގައި ހިމެނޭ ޖެލް އަކީ އެންމެ ފައިދާ ބޮޑު އެއްޗަށް ވާއިރު، މި ޖެލް ބުއިމަކަށްވެސް ހެދިދާނެ އެވެ. އަލޯވޭރާ ޖޫސް ވިއްކަން ލިބޭ އިރު އަމިއްލަ އަށް ތައްޔާރު ކޮށްލުމަކީވެސް މާ ގިނަ އިރުތަކެއް ހޭދަވާ ކަމެއް ނޫނެވެ. އަލޯވޭރާ ޖޫސް ތައްޔާރު ކުރުމަށް ބޭނުންވާ ވަރަށް ޖެލް ނެގުމަށްފަހު މިކްސަރަކަށް އަޅައި ގިރާލާށެވެ. އަދި ފޮނި ރަހަ ލައްވަން ބޭނުންވާ ނަމަ ހަކުރު ވެސް އެޅިދާނެ އެވެ. ޖޫހުގެ ރަހަ މީރުކުރުމަށް ހުތް މޭވާ އެއް އެއްކޮށްލެވިދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް