ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުޜިގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތް ބެލުމަށް މަޖިލީހުގައި ހިންގާ އެންކުއަރީއަށް އެމަނިކުފާނުގެ ޑްރައިވަރު ހާޒިރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނަޝީދުގެ ޑްރައިވަރު، އަދި އެމްއެންޑީއެފްގެ ސާޖަންޓް އަބްދުﷲ އައިދު މިއަދު ހެނދުނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީއަށް) އަށް ހާޒިރުކޮށްފައެވެ.
ނަޝީދުގެ ޑްރައިވަރު މިއަދު ކޮމިޓީއަށް ހާޒިރުކުރިއިރު، އެމްއެންޑީއެފްގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުންނާއި، އެމަނިކުފާނުގެ ބޮޑީގާޑުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ވެރިޔާ ޒަކަރިއްޔާ މަންސޫރު ވެސް މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މީގެ އިތުރުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް