ސަރުކާރުން އެމްޑީޕީ އެކަހެރިކޮށްލި ކަމަށް ވިދާޅުވެ ހަސަން ލަތީފް ހެއްދެވީ އިތުރުފުޅެއް: ރޮޒައިނާ

ސަރުކާރުން އެމްޑީޕީ އެއްކައިރިކޮށްލި ކަމަށް ހަސަން ލަތީފް ވިދާޅުވުމުން، އެއީ އިތުރުފުޅެއް ކަމަށް ވިދާޅުވެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްޑީޕީ...

12 Jun 2021 | 05:23

ސަރުކާރުން އެމްޑީޕީ އެއްކައިރިކޮށްލި ކަމަށް ހަސަން ލަތީފް ވިދާޅުވުމުން، އެއީ އިތުރުފުޅެއް ކަމަށް ވިދާޅުވެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީ ދެބައިވެ، އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައި ވަނިކޮށް އެ ޕާޓީގެ ޗެއާރ ޕާސަން ހަސަން ލަތީފް ވިދާޅުވީ، ޕާޓީ ދެބައިވި މައިގަނޑު ސަބަބަކީ ޕާޓީގެ ވައުދުތައް ސަރުކާރުން ފުއްދަން ނޫޅުން ކަމަށެވެ.  ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެމްޑީޕީއާއި ސަރުކާރާ ދެމެދު ގުޅުން ވަނީ ހީނަރުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވަނީ ހަސަންގެ ޓްވީޓްގެ ފޮޓޯއެއް ފޮނުވައިފައެވެ.

އެ ފޮޓޯއަށް ރިޕްލައިކޮށް ރޮޒައިނާ ފޮނުއްވި މެސެޖްގައި ލިޔުއްވާފައިވަނީ ހަސަން ލަތީފް އެ ވަރުގެ އިތުރުފުޅެއް ހެއްދެވުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް، އިއްޔެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅުނު ނަޝީދަށް ހަމަލާ ދިން މައްސަލައަށް ފާރަވެރިވުމުގެ ގަރާރަށް އެއްވެސް ވަޒީރަކު ވާހަކައެއް ނުދައްކަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް