އެމްޑީޕީ ހަލާކުވަނީ ޕާޓީގެ ޗެއާ ޕާސަން ވަކި ފަރާތަކަށް ޖެހޭތީ: ރީކޯ

ސަރުކާރު ހިންގާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީީ (އެމްޑީޕީ) ހަލާކުވެ ދަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަކި ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށް، ކުރީގެ ޗެއާޕާސަން މޫސާ މަނި...

12 Jun 2021 | 05:14

ސަރުކާރު ހިންގާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީީ (އެމްޑީޕީ) ހަލާކުވެ ދަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަކި ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށް، ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައި ވަނިކޮށް، ވަނިކޮށް، ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީއާ ދެމެދު ގުޅުން ވަނީ ހީނަރުވެފައެވެ. ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ދެބައިވާން ޖެހުނު ސަބަބަކީ ސަރުކާރުން އެ ޕާޓީގެ މައި ވައުދުތައް ފުއްދަން މަސައްކަތް ނުކުރުން ކަމަށެވެ. އަދި ސަރުކާރު ހިންގަނީ އެމްޑީޕީ އާއި އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްގެން ކަމަށް ހަސަން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރީކޯ ވިދާޅުވީ، އެމްޑީޕީ ހަލާކުވެގެން މި ދަނީ ޗެއާޕާސަން ހިމެނޭ ގޮތަށް ޕާޓީގެ ލިޑާޝިޕް ފެއިލްވެގެން ކަމަށެވެ.

https://twitter.com/ReekoMoosa/status/1403568401033830406

"އެމްޑީޕީ ހަލާކުވެ ތި ދަނީ ޕާޓީގެ ލީޑާޝިޕް ފެއިލްވީމަ، ޗެއާގެ ޒިންމާ ނުނަގާ ޗެއާ ވަކި ފަރާތަކަށް ޖެހޭތީ،" ރީކޯ ވިދާޅުވިއެވެ.

ހަސަން ލަތީފް އާއި، ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އާއި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ނައިބު ރައީސް، މިނިސްޓަރު މުހައްމަދު ޝިފާޒް އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕް މަޝްވަރާ ކުރައްވަން ރީކޯ ގޮވާލެއްވިއެވެ.

ރީކޯ ވިދާޅުވި ގޮތުގައި ނޫން ނަމަ ހަލާކުވެގެް އެ ދަނީ، އތައް ބައެއްގެ ސިޔާސީ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް