ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ހިޔާލު ތަފާތުވާ މީހުން އެމްޑީޕީން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.
ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓް ކަމަށްބުނެ ވާހަކަދެކެވޭ "އެލެކްސް އަހްމަދު" އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފިޔަވަޅު އަޅާ ކޮމެޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާއި ހިލާފްވާ މެންބަރުންނަށް ފިޔަވަޅު އެޅުން. އެފަދަ މީހުން ޕާޓީން ވަކިކުރުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ކަންކަން ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށާއި ކަންކަން ނިންމާނީ ގައުމީ މަޖިލީހުން ނުވަތަ ޕީޖީ އޮފީހުން ނޫން ކަމަށެވެ.
https://twitter.com/anedhivehirajje/status/1403402664147394564
ރައީސް ނަޝީދާ ދެކޮޅު ހައްދަވާ ނަމަ އެ ބޭފުޅަކު މީގެ ކުރިން ވެސް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އޭގެތެރޭގައި އިބްރާހިމް އިސްމާއިލް (އިބްރާ) ޑރ. މުނައްވަރު، ޑރ.ޑީޑީ، އަލްހާން ފަހްމީ، ރީކޯ މޫސަ ފަދަ ބޭފުޅުން ހިމެނެއެވެ.
މި ޓްވީޓާއެކު ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް