ހުޅުމާލޭ ގަރާޖެއްގައި މާރާމާރީ ހިންގީ ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ބައެއްކަން ޔަގީނެއް ނޫން!

ކާފިއު ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ ނޫސްވެރިންގެ މަސްޢޫލިއްޔަތު އަދާކުރުމަށް ދޫކޮށްފައިވާ "ސްޕެޝިއަލް ޕާސް"ގެ ނަކަލު ޕްރިންޓްކޮށްގެން ބަޔަކު އޫޅޭކަން ޔާގީން ނުވާ ކަމަށް ފުލުހުން ބުނެފިއެވެ. އިއްޔ...

12 Jun 2021 | 05:10

ކާފިއު ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ ނޫސްވެރިންގެ މަސްޢޫލިއްޔަތު އަދާކުރުމަށް ދޫކޮށްފައިވާ "ސްޕެޝިއަލް ޕާސް"ގެ ނަކަލު ޕްރިންޓްކޮށްގެން ބަޔަކު އޫޅޭކަން ޔާގީން ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ އިރު އޮއްސުނު ފަހުން ހުޅުމާލޭ ގަރާޖަކަށް ވަދެ އެ ތަނުގެ ޓެކްނީޝިއަނަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެެވެ. ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓު ލިބުނީ އިރު އޮއްސި 18:45 ހާއިރު ކަމަށެވެ.

މި މާރާމާރީގައި ޓެކްނީޝަނަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވެއެވެ. މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، މާރާމާރީ ހިންގީ ނޫސްވެރިންނަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޫކޮށްފައިވާ ހާއްސަ ފާސްގެ ނަކަލެއް ޕްރިންޓްކޮށް އެ އަޅައިގެން ތިބި ބަޔަކު ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެކަމަކު ފުލުހުން ބުނީ އެކަން ޔަގީން ނުކުރެވޭ ކަމަށެވެ. ނޫސްވެތިންނަށް ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ނޫސްވެރިންނަށް އިތުރު ޕާމިޓަކާއި ނުލާ ކާފިއު ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނެއެވެ.

ފުލުހުން ބުނީ، ފޭކް ފާސް އަޅައިގެން އުޅޭ ނަމަ އެކަން ފުލުހުންނަށް ދެނެގަނެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް