އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެޑެރަލް ޖަޖަކަށް މުސްލިމެއް

އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެޑެރަލް ޑިސްޓްރިކްޓް ޖަޖަކަށް މުސްލިމަކު އައްޔަންކޮށްފިއެވެ. ތާރީހީ މި މަގާމަށް އައްޔަންކޮށްފައިވަނީ ޕާކިސްތާނުން އެމެރިކާއަށް ވަޒަންވެރިވި އާއިލާއަކަށް ނިސްބަ...

12 Jun 2021 | 02:04

އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެޑެރަލް ޑިސްޓްރިކްޓް ޖަޖަކަށް މުސްލިމަކު އައްޔަންކޮށްފިއެވެ.

ތާރީހީ މި މަގާމަށް އައްޔަންކޮށްފައިވަނީ ޕާކިސްތާނުން އެމެރިކާއަށް ވަޒަންވެރިވި އާއިލާއަކަށް ނިސްބަތްވާ ޒާހިދު ޤުރައިސީއެވެ.

ޒާހިދު އެ މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ އެމެރިކާގެ ސެނެޓުގައި ނެގި ވޯޓަކުންނެވެ. އެ ވޯޓުގައި މި ނިންމުން ނިންމާފައިވަނީ ވަރަށް ބޮޑު އަގުލަބިއްޔަތަކުންނެވެ.

ޒާހިދުގެ އާއިލާ ނިސްބަތްވަނީ ޕާކިސްތާނަށެވެ. ޒާހިދުގެ ބައްޕަ ނިސާރު ޤުރައިސީއަކީ ޑަކުޓަރެކެވެ. ދާދިފަހުން ނިސާރު ޤުރައިސީ ދުނިޔެ ދޫކޮށްފައިވަނީ ކޮވިޑުގައެވެ.

ނިސާރު ޤުރައިސީ އެމެރިކާއަށް ހިޖުރަކުރީ 1970ގައެވެ. ޒާހިދު ޤުރައިސީ އުފަންވެފައިވަނީ އެމެރިކާގައެވެ.

އެމެރިކާގެ ރައީސް ކަަމަށް ޖޯ ބައިޑަން އައި ފަހުން މުސްލިމު ކޮމިއުނިޓީއަށް އިސްކަން ދޭކަން ފާހަގަކުރެވެއެވެ. ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕު ހުރި އިރު މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރުކުރުންވެސް އޮންނަނީ މަނާކޮށްފައެވެެ.

ޖޯ ބައިޑަންގެ ރައީސްކަމުގައި މުސްލިމް ކޮމިއުނިޓީއަށް ފަހި ފުރުސަތުތަކެއް ދެމުން އައިނަމަވެސް ފަލަސްތީނު މަސްރަހުގެ މައްސަލައިގާ އެމެރިކާ އިޒްރޭލަށް ވާގިވެރިވާތީ ޖޯ ބައިޑަން ހިމެނެނީ މުސްލިމުން ނުރުހުންވާ ލީޑަރެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް