ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެންމެ ބުނެފައިވަނީ 6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މިސަރވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން ކަމަށެވެ.
ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަންސުން ހާމަކޮށްފައެއްނުވެއެވެ. އަދި ފުލުހުންވެސް މިކަމާއި ގުޅިގެން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު، އަދި އެއަށްފަހު ހަރުކަށި ފިކުރާއި ދެކޮޅަަށް ފުލުހުން ފެށި އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.
https://twitter.com/CorrectionsMv/status/1403521809849352197
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް