ކުރީގެ ރައީސް މައުމޫން އަބދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެވެވެ.
ކޯވިޑަށް ޕޮސިޓިވްވި ނަަވެސް އެކަމަނާގެ ހާލު ރަނގަޅު ކަމަށް އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މީޑިއާގައި ވިދާޅުވި އެވެ. ނަސްރީނާ މިވަގުތު ހުންނެވީ ގޭގައި ކަރަންޓީންވެވަޑައިގެން ނެވެ.
ނަސްރިނާ ވަނީ ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކުރައްވާފައި އެވެ.
ނަސްރީމާއަށް ކޯވިޑް ޖެހުނު އިރު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރައީސް މައުމޫނަށްވެސް ކޯވިޑް ޖެހިފައިވެ އެވެ އެމަނިކުފާނަށް ފަރުވާ ދީފައިވަނީ ދަރުމަވަނަތް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.
އެމަނިކުފާނުު ބަލިން އެއްކޮށް ރަނގަޅުވެގެން ގެއަށް ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ގައި އެވެ.
ކޯވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މިއަދު އަލަށް ބަލި ޖެޖހިފައިވަނީ 295 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް