ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ ފަރީދީ މަގުގައި ހުންނަ އަކޯޔާ ފިއުޒަން ރެސްޓޯރެންޓެވެ.
އަކޯޔާ އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް މިވަނީ އާއްމު ކޮށްފަ އެވެ. މެނޫގައި ހަތަރު ސެޓް މެނޫ އެއް ހިމަނާފައި ވެ އެވެ.
އަކޯޔާގެ މެނޫއަށް ބަލާލާއިރު މެއިން ޑިޝެސްގެ ގޮތުގައި ރެޑް ކަރީ ވިތު ޗިކަން، ޗިކަން ފްރައިޑް ރައިސް، ސްޕަގެޓީ ނެޕޯލިޓާނޯ، ޑެވިލްޑް ފިޝް އަދި ޗިކަން ބިރިޔާނީ އާއި ގްރިލްޑް ފިޝް ވިތު ވައިޓް ސޯސް ފާހަގަކޮށްލެވެ އެވެ. ބުއިންތަކަށް ބަލާލާއިރު ތާޒާ ކަރާފަނި، ފޭރު ފަނި، ޖުމްހޫރީމޭވާ ފަނި، އަލަނާސި ފަނި އަދި އިސްބަގުލު ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ސެޓް މެނޫއެއްގައި ޕިއްޒާ ހިމަނާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.
އަކޯޔާގެ ރޯދަވީއްލުން ހިޔާރުކުރައްވާނަމަ 10 މީހުންގެ ގްރޫޕެއް ނަމަ އެކަކަށް ޗާޖް ނުކުރާނެ އެވެ. ފަސް މީހުންގެ އާއިލާއެއް ނަމަ އަދި އާއިލާގައި 10 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭނަމަ އެ ކުއްޖާއަށް ޗާޖެއް ނުކުރާނެ އެވެ.
އަކޯޔާ އިން ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 240 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނެ ނަމްބަރަކީ 3330650 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް