ޙައްޖުވެރީންގެ ޑެބިޓް ކާޑަށް 1750 ޑޮލަރު ލިމިޓް ލިބިގެންދާނެ: ބޭންކް އޮފް މޯލްޑިވްސް

މި އަހަރު ޙައްޖަށް ވަޑައިގަންނަވާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ. ބީއެމްއެލްއިން ބުނެފައިވާގޮތުގައި ޑެބިޓް ކާޑަށް...

12 May 2025 | 13:56

މި އަހަރު ޙައްޖަށް ވަޑައިގަންނަވާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1750 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެއެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޙައްޖު ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެއެވެ.

"ޙައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަން އިން ޙައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރުކޮށްދޭނެ، ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސް ފޮނުވާނެ" ބީއެމްއެލްއިން ބުނެފައިވެއެވެ.

މިދިޔަ ރަމަޝާންމަހުގެ ޢުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1500 ޑޮލަރު ހަމަޖެއްސުމާއެކު، 1300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9000 މުއާމަލާތްކޮށްފައިވާއިރު، މި މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ވިއްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް