ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުހުލަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.
މިކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނެފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި ކަމަށެވެ. މި އެހީއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދެއްވުންކަން ފާހަގަކޮށްފައިވެއެވެ.
"މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ" ޚާރިޖީ ވުޒާރާއިން މިއަދު ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އަދި ހާއްސަކޮށް މި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކުރާކަމަށާއި ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުން ދިވެހި ސަރުކާރުން އުންމީދުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް