ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަޚުރުވެރިކަމާއެކު "އުރީދޫ ޖޫނިއަރސް އޮން ޑިއުޓީ" ގެ ނަމުގައި ކޯލް ސެންޓަރ އެންޑް އެކްސްޕީރިއަންސް ސެންޓަރުގައި އަޅުގަނޑުމެންގެ ފްރޮންޓްލައިން ސްޓާފުންނާއެކު މަސައްކަތް ކުރުމަށް ގެންދިޔަ ހަރަކާތެކެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކު ގޮތްގޮތުން ހަރަކާތްތެރ ވެފައެވެ. މިގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާއެއް ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށް ވެސް ޖަވާބު ދީފަ އެވެ.
މި ހަރަކާތަކީ އަޅުގަނޑުމެންގެ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ޚިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެކެވެ.
ކުޑަކުދިންގެ ދުވަސް މި ހާއްސަ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި ޢާއިލާތަކަށް އުރީދޫއިން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް