އެމްޕީއެލްގެ ފަސް މުވައްޒަފަކަށް ޙައްޖު ދަތުރު ހަމަޖެހުނުުކަމުގެ ލިޔުން ދީފި

އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ގެ ފަސް މުވައްޒަފަކަށް އެ ކުންފުނީގެ ޙައްޖު ޕޮލިސީގެ ދަށުން  ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ. މި ލި...

12 May 2024 | 10:44

އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ގެ ފަސް މުވައްޒަފަކަށް އެ ކުންފުނީގެ ޙައްޖު ޕޮލިސީގެ ދަށުން  ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

މި ލިޔުން މުވައްޒަފުންނާއި ހަވާލުކޮށްފައިވަނީ، މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ  އެމްޕީއެލްގެ ސީ.އީ.އޯ ވަޖީހު އެވެ. ވަޖީހު ވަނީ  ޙައްޖު ދަތުރު ލިބުނު ފަސް މުވައްޒަފުންނާ ބައްދަލުކުރައްވާ މަރުޙަބާ ދަންނަވާ މަބަރޫރު ޙައްޖަކަށް އެދިވަޑައިގަންވާފައެވެ.

އެމްޕީއެލްއިން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ފަސް މުވައްޒަފަކަށް ކުންފުނީގެ ޙަރަދުގައި ޙައްޖުގެ އަޅުކަން ކުރުމަށް ފުރުސަތުދެއެވެ. އަދި 3 މުވައްޒަފަކަށް އުމްރާ ދަތުރުގެ ފުރުސަތުވެސް ދެއެވެ.

މި އަހަރު މި ފުރުސަތު ލިބުނު ފަރާތްތަކަކީ އެ ކުންފުނީގެ އެސިސްޓެންޓް އެގްޒެކުޓިވް، ޢިލްޔާސް މުޙައްމަދާއި، ސްޕެޝަލް އިންޖިނިއަރ، އަޙްމަދު ރަޝާދު އާއި، ސާވިސް އިންޖީނިއަރ، އަޙްމަދު އުންމީދު އާއި، އޮޕްރޭޝަންސް އެގްޒެކުޓިވް، މުޙައްމަދު ނަބީލް އާއި، ލީޑް އެގްޒެކުޓިވް، ޒަކަރިއްޔާ އިބްރާހިމް އަށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް