ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު، މޫސާ ޒަމީރު ޤަތަރަށް ފުރާ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ފުރާވަޑައިގަނެފައި މިވަނީ ދެ ދުވަހުގެ މުއްދަތަކަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިއްމާލުމަށް ފަހުއެވެ.
ޙާރިޖީ ވުޒާރައިން ބުނެފައިވާގޮތުގައި މި ދަތުރުފުޅަކީ (މިއަދު) 11 މެއި އިން ފެށިގެން 13 މެއިގެ ނިޔަލަށް ކުރެވޭ ދަތުރުފުޅެކެވެ.
މި ރަސްމީ ދަތުރުފުޅުގައި ޤަތަރުގެ އިސްވެރިންނާއި ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤަތަރުގެ ޕްރައިމް މިނިސްޓަރ، އަދި ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިކަމަށް ޙާރިޖީ ވުޒާރައިން ބުނެފައިވެއެވެ. މީގެ އިތުރުން ޤަތަރުގެ އިސްވެރިންނާ ބައްދަލުކޮށް ދެ ގައުމުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ގައުމަށް ފަހި ފުރުސަތު ތަކެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ ވުޒާރައިން ބުނެފައިވެއެވެ.
ޤަތަރާއި ރާއްޖޭގެ ގުޅުމަށް މި އަހަރަށް 40 އަހަރު ފުރިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް