ނަރުހުންނަށް އަމާޒުކޮށް ސިފައިން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެ...

12 May 2024 | 05:50

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިވެންޓްތައް ބާއްވާފައިވަނީ ކ.ގިރިފުށީގައެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި، ވިލާ ކޮލެޖް އަދި އެންޖީއޯތަކުން 34 ނަރުހުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.

މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، "އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު-ފަރުވާގެ އިގްތިސާދީ ބާރު" މިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް