ނ.ވެލިދޫ ކުނިގޮނޑުގައި ރޭ ރޯވި އަލިފާން ނިއްވާލެވިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ހުށަހަޅާފައިވަނީ އިއްޔެ މެންދުރު 12:30ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. ޅ.ނައިފަރު ނޮދަން އޭރިއާ ކޮމާންޑް ފަޔާރ ސްޓޭޝަންއަށް ރިޕޯޓު ލިބުމުން 14:00 ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާ 15:15 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް 17:00 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ފަޔާރ ފައިޓަރުންނަށް އެ ރަށަށް ދިޔުމަށް ވަގުތު ނަގާނެތީ، އެމްއެންޑީއެފްގެ އެދިލެއްވުމުގެ މަތިން 3 ރިސޯޓެއްގެ ފަޔަރމަނުންގެ އެހީވަނީ ލިބިފައިކަމަށްވެއެވެ. އެގޮތުން ، އަލިފާން ނިއްވުމުގައި މަސައްކަތް ކުރެއްވީ ޝިޔާމް ވޯލްޑް ރިސޯޓާއި، ވެލާ ރިސޯޓު، އަދި ރަންދެލި ރިސޯޓުގެ އިތުރުން ނ.ވެލިދޫ ކައުންސިލުންނާ ގުޅިގެން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް