ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ރިސޯޓު ވޮލީ މުބާރާތް ފަށާ ތާރީހް ފަސްކޮށް، ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައި ގެޒެޓް ކޮށްފިއެވެ.
އެ އެސޯސިއޭޝަންއިން 26 މެއި 2024 ގައި ބާއްވަން ނިންމާފައިވާ ވޮލީ މުބާރާތް 4 ޖޫން 2024 ގައި ފަށާ ގޮތަށް މިހާރު މިވަނީ ފަސްކޮށްފައެވެ.
މި މުބާރާތުގައި ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓަކަށް ބައިވެރިވެވޭނެ ކަމަށް އެ އެސޯސިއޭޝަނމް އިން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނެ އެންމެ ފަހު ތާރީހަކީ މި މަހު 20 ވާ ހޯމަ ދުވަހު 14:00 ގެ ކުރިންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ޓީމް ލިސްޓް ހުށަހަޅަން ޖެހޭ އެންމެ ފަހު ގަޑިއަކީ މި މަހު 26 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ފޯމާއި، ޓީމް ލިސްޓްގެ އިތުރުން މުބާރާތުގެ ގަވައިދުތަށްވަނީ ގެޒެޓްގައި ކުރި އިއުލާނާއި އެކު އެޓެޗް ކުރެވިފައެވެ.
މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެ އެސޯސިއޭޝަންގެ ފޯނު 3317015 އަށް ގުޅުއްވައިގެން ކުރިޔަށް ދިޔުމަށް އެ އެސޯސިއޭޝަންއިން ވަނީ އެދިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް