ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރަކު ހައްޔަރު ކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އޮފިސަރު ހައްޔަރު ކުރީ މިއަދު ކަމަށެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާއި އެކު ކަމަށް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އޮފިސަރު ހައްޔަރު ކުރީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގައި އޮފިސަރު ހައްޔަރު ކުރީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގަ އޮފިސަރު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/ahumadhumohamed/status/1656977313287012352
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އޮފިސަރުންގެ ބައިވެރިވުން އޮންނަ ކަމަށް އަބަދުވެސް ތުހުމަތު ކުރެ އެވެ. މިކަން އެމީހުން ކޮށްދެނީ ބޮޑެތި އަގު ނަގައިގެންނެވެ.
މީގެ ކުރިން މި ފަދަ މައްސަލަތަކުގައި އޮފިސަރުން ސަސްޕެންޑުކޮށް، ވަޒީފާއިން ވަކިކޮށްފައިވެސް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް