މާލެއިން މީހަކު ގެއްލިގެން ފުލުހުން ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ފުވައްމުލަކު ސިޓީ ދޫޑިގަން އުމުރުން30 އަހަރުގެ ހަސަން ޖަމީލް ކަމަށެވެ. އޭނާ ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައި އެވެ.
ޖަމީލް ގެއްލިގެން ފުލުހުންނަށް ރިޕޯޓޫ ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ ޖަމީލް ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭނާ ހުރީ މާލޭގައި ކަމަށް އާއިލާ އާއި ގުޅައި އެ ދުވަހު ބުނި ކަމަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް