މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައި ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

މިއަދު ކުރިޔަށް ހުރި ވަގުތުތަކުގައިވެސް ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ނެތީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް...

12 May 2023 | 08:57

މިއަދު ކުރިޔަށް ހުރި ވަގުތުތަކުގައިވެސް ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ނެތީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު11:30 ން ހަވީރު5:30 އަށެވެ.

އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

ރާއްޖެއަށް މިހާރު ވިއްސާރަ ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންނެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

އަދި ކަނޑުދަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ފެށުމަށް އދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް