ސިމެންތި މިކްސްޗަރެއް ފުރޮޅާލައި މީހަކާއި ދެ ކުދިންނަށް އަނިޔާވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި ވެހިކަލެއް ފުރޮޅާލުމުގެ ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ހެނދުނު7:35 ހާއިރު އެވެ. ހާދިސާގައި އަނިޔާވީ ދެ ކުޑަކުދ...

12 May 2023 | 04:34

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި ވެހިކަލެއް ފުރޮޅާލުމުގެ ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ހެނދުނު7:35 ހާއިރު އެވެ. ހާދިސާގައި އަނިޔާވީ ދެ ކުޑަކުދިންނާއި މީހަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާވީ އުމުރުން13 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށެވެ. އެކުދިންނަށް އަނިޔާވީ ފުރޮޅާލި ސިމެންތި މިކްސްޗަރުން ޖެހިގެން ކަމަށެވެ.

ދެން މިހާދިސާގައި ޒަހަމްވީ އެ ވެހިކަލް ދުއްވަން އިން މީހާ އެވެ.

އެ ތިން މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ. ލިބުނު ޒަހަމްތަކުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

މަންޒަރު ދުށް މީހަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ އެ ކުޑަކުދިންތަކަކީ ގިނަ ބަޔަކާއި އެކު ބައިސްކަލް ދުއްވަމުން ދިޔަ ކުދިންތަކެއް ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް20 އަށްވުރެ ގިނަ ކުދިން އެކުގައި ބައިސްކަލް ދުއްވި ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް