ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ޝިފާނާ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ބޭފުޅަކު ޢައްޔަނު ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއ...

12 May 2022 | 18:13

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދަޢުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާޞިލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް