ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 7.9 މިލިއަން ރުފިޔާއާ 11،000 ކިލޯ ގޮވާން ލިބުނު

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު7.9 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ އެ ފައިސާ އަކީ އެ މިނިސްޓްރީއަށް ފައިސާއިން ޒަކާތް ދެއްކި މީހުންނާއި އޮންލަ...

12 May 2022 | 12:52

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު7.9 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ފައިސާ އަކީ އެ މިނިސްޓްރީއަށް ފައިސާއިން ޒަކާތް ދެއްކި މީހުންނާއި އޮންލައިންކޮށް މާލެ އާއި އަތޮޅު ތަކަށް ޒަކާތް ދެއްކި މީހުން ދެއްކި އަދަދު ކަމަށެވެ.

މިއަހަރު ފަގީރުން ނެތް ރަށްރަށުގެ ގޮތުގައި42 ރަށެއް ހިމެނިފައިވެ އެވެ. އެ ރަށްތަކުން ޒަކާތުގެ ގޮތުގައި 450،373 ރުފިޔާ ލިބިފައިވެ އެވެ.

ފަގީރުން ނެތީ ހއ. މޮޅަދޫ، މުރައިދޫ، ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ފީވަށް، ކޮމަންޑޫ، ނޫމަރާ، ނަރުދޫ، މަރޮށި، ނ. މާޅެންދޫ، މަގޫދޫ، ފޮއްދޫ، ރ. އަނގޮޅިތީމު، ކިނޮޅަސް، ބ. ފުޅަދޫ، ގޮއިދޫ، ކިހާދޫ، ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، މަންދޫ، ފެންފުށި، މަހިބަދޫ، ވ. ފެލިދޫ، ރަކީދޫ، ތިނަދޫ، ފުލިދޫ، މ. ދިއްގަރު، ނާލާފުށި، ރަތްމަންދޫ، ވޭވަށް، މަޑުއްވަރި، ފ. ދަރަނބޫދޫ. މަގޫދޫ، ނިލަންދޫ، ތ. ކަނޑޫދޫ، ވަންދޫ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، އަދި ރިނބިދޫގައި އެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ 11399.45 ކިލޯއެވެ. އެއީ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު 10،092 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު 1307.45 ކިލޯއެވެ.

1442 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން ލިބިފައިވަނީ 6.7 މިލިއަން ރުފިޔާ އެވެ. އަދި އަތޮޅުތެރެއިން ލިބިފައިވަނީ 4.1 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް