ބްރިޖު ކައިރިއަށް ވެލާ އެޅި ބިސްތައް މޮވައިފި

މިިދިޔަ މާރިޗް މަހު ސިނަމާލެ ބުރިޖުކައިރިއަށް ވެލާ އެޅި ބިސްތައް މޮވައިފިއެވެ. އެ ބިސްތައް މޮވާފައިވަނީ އެ ބިސްތައް މޮވުމަށްޓަކައި ގެންދިޔަ ކުޑަހުރާގައެވެ. އެ ރިސޯޓްގައި ގާއިމްކޮށްފައިވާ ހެޗަރީގައި ބި...

12 May 2022 | 09:29

މިިދިޔަ މާރިޗް މަހު ސިނަމާލެ ބުރިޖުކައިރިއަށް ވެލާ އެޅި ބިސްތައް މޮވައިފިއެވެ.

އެ ބިސްތައް މޮވާފައިވަނީ އެ ބިސްތައް މޮވުމަށްޓަކައި ގެންދިޔަ ކުޑަހުރާގައެވެ.

އެ ރިސޯޓްގައި ގާއިމްކޮށްފައިވާ ހެޗަރީގައި ބިސްތައް މޮވައި، ކުދި ވެލާތަށް ރޭގެ ފަތިހުގެ ވަގުތެއްގައި މޫދަށް ފައިބައިގެން ގޮސްފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީންވެސް ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި އެ ބިސްތަކުގެ ތެރެއިން 75 އިންސައްތަ ބިސް މޮވިއެވެ. ހެޗަރީއަށް ގެންދިޔައީ 96 ބިހެވެ.

ވެލާ ބިސްތައް މޮވާފައިވާއިރު ބްރިޖް ސަރަހައްދުގައި އޮންނަ ފަސްކޮޅަށް ވެލާ ބިސް އެޅީ މި އަަހަރުގެ މާރިޗް މަހުގެ 16 ވަަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް