މި ހަފްތާގައި ބޮލީވުޑްގައި ހިނގާލި ހަބަރުތަކުގެ ތެރޭގައި ބަތަލާ ސޮނާކްޝީ ސިންހަ އެންގޭޖުވި ކަމަށް ބުނާ ވާހަކަ ހިމެނެ އެވެ.
އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމު ކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ ވަރަށް ހިނި އައިސްގެން އަނގަމަތީގައި އަތް އަޅައިގެން ހުންނަ ފޮޓޯ އެކެވެ. އެ ފޮޓޯގައި މީހެއްގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުންނަކަން އެނގޭއިރު އެންމެންގެ ލޮލުގައި އަޅައިގަތީ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮޓި އެވެ.
އެ ޕޯސްޓާއި އެކު މީހުން ވަނީ އޭނާ އެންގޭޖްވީ ކަމަށް ބުނެފަ އެވެ. އަދި އެ ނަސީބުގަދަ ފިރިހެނަކީ ކާކުކަން ނުބުނެ ސިއްރު ކޮށްގެން އުޅެނީ ކީއްވެތޯ އަހާފައިވެ އެވެ.
ގިނަ ބަޔަކު އެ ސުވާލު އުފައްދާ ފާޑުކީ އިރު ސަޕޯޓަރުންނާއި މަޝްހޫރު ގިނަ ބަޔަކު ވަނީ ސޮނާކްޝީއަށް މަރުހަބާވެސް ކިޔާފަ އެވެ. ބޮޑަށް މީހުންނަށް އޭނާ އެންގޭޖްވީ ކަމަށް ގަބޫލު ކުރެވުނީ ބޮޑު ދުވަހެއް ކަމަށާއި އޭނާ އެންމެ ބޭނުންވި ދުވަސް އަންނަން ކައިރިވެއްޖެ ކަމަށް ސޮނާކްޝީ އެ ޕޯސްޓާއި އެކު ބުނެފައިވާތީ އެވެ.
https://www.instagram.com/p/CdU1NPivj5p/
އެ ފޮޓޯ އާއި އެކު އެންމެން ވާނުވާގައި ތިއްބަ ސޮނާކްޝީ ވަނީ ފޮޓޯގެ ހަގީގަތް ހާމަކޮށްފަ އެވެ. އޭނާ އޭގެ ފަހުން ކުރި ޕޯސްޓުތަކެއްގައި ވަނީ އެ ފޮޓޯގައި އޭނާ ދައްކާލާފައިވަނީ އިނގިލަތުގައި ޖަހާފައި ހުރި ނިޔަފަތިތައް ކަމަށް ބުނެފަ އެވެ.
އެ ނިޔަފަތިތަކަކީ އޭނާ އުފައްދަމުންދާ ބްރޭންޑެއް ކަަމަށްވާ ސޮއެޒީ އެވެ. އެކަމަކު އެ ބްރޭންޑާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.
ސޮނާކްޝީ ބުނީ އޭނާ ވިޔަފާރީގެ ދުނިޔެއަށް ނުކުތުމަށް ކުރާ މަސައްކަތުގައި އެ ނިޔަވަތިތަކުގެ އިޝްތިހާރު ދައްކާލެވުނު ދުވަހަކީ ބޮޑު ދުވަހެއް ކަމަށެވެ. އޭނާގެ މި ވިޔަފާރިއަކީ ކޮންމެ ދުވަހަކު ރީތި ނިޔަފައްޗެއް ހޯދުމަށް ފިހާރަތަކަށްދާ އަންހެނުންނަށް ހާއްސަ ވިޔަފާރިއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.
https://www.instagram.com/p/CdaysrcPG7n/
ސޮނާކްޝީގެ ލޯބިވެރިޔާ އާއި ކައިވެނީގެ ވާހަކަތަކަކީ ވަރަށް ސިއްރުކޮށްގެން އުޅޭ ކަންކަމެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ސުވާޅު ކުރިިޔަސް ޖަވާބެއް ނުލިބޭނެ އެވެ.
ސޮނާކްޝީ އެންމެ ފަހުން ފެނިގެން ދިޔައީ އަޖޭ ދޭވްގަން އާއި އެކު ފިލްމު :"ދުޖް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް