ހެލްތު މިނިސްޓްރީގެ އެންގުމަށް ހިޖާމާ ތެރަޕީ ހުއްޓާލާފައިވާކަމަށް މަޝްހޫރު ހިޖާމާ ތެރަޕިސްޓު ފަޒީލާ އުސްމާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފަޒީލާ ބުނެފައިވަނީ ހެލްތު މިނިސްޓްރީން އޭނާއާ ބައްދަލުކޮށް، މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެި ހިޖާމާ ކްލިނިކެއް ނުހިންގޭނެކަން އަންގާފައިވާކަމަށެވެ.
"ވީމާ އަޅުގަނޑުގެ ހިޖާމާ ތެރަޕީ ހުއްޓާލައިފިން" ފަޒީލާ ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ހިޖާމާ ޖަހާތަނެއް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެފައިނުވާތީއާ އެއްވެސް ހިޖާމާ ޖަހާ މީހަކަށް ހެލްތުން ހުއްދަ ދީފައިނުވާތީ ރާއްޖޭގެ މިކަން ކުރާނަމަ އެ މިނިސްޓްރީއަށް އެންގެވުމަށް ކްލަޔަންޓުންނަށް އިލްތިމާސްކުރާކަމަށެވެ.
"ސެޓިފިކެޓާއެކު ހުށަހެޅުމުން ހުއްދަލިބޭނެކަމަށް ވިދާޅުވި، އަޅުގަނޑު ކޯސް ނިމި ހުއްދަ ލިބުނުހާ އަވަހަކަށް ކްލަޔަންޓުންނަށް އަންގާނަން" ފަޒީލާ ބުނެފައިވެއެވެ.
މަޝްހޫރު ހިޖާމާ ތެރަޕިސްޓް ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ މިފަހުުން ބޮޑުވެގެންދިޔައީ ހިޖާމާއިން ހަކުރު ބައްޔަށް ޝިފާލިބޭކަމަށްބުނެ ޕްރޮމޯޝަނެއް ކުރިއަށްގެންދިޔަ ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް