މިސްކޯއިން ގދ. ގައްދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިފްކޯއިން ވިދާޅުވީ ގދ.ގައްދޫގައި ޤާއިމްކޮށް ހިންގުމުން ގެންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބަދަލުގައި މުޅިން އައު 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
މިއީ މަސްވެރިންނަށް ފޯރުކޮށްދޭ އައިސްގެ މިންވަރު އިތުރުކޮށް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތެކެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އައިސް ޕްލާންޓް ގާއިމްކޮށް ނިމުމުން އެސަރަހައްދުގެ މަސްވެރިންނަށް އައިސް ފަސޭހަކަމާއި އެކު ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް