ތިލަމާލެ ބްރިޖަށް ބޭނުންވާ ކްންކްރިޓް ސަޕްލައިން ކުރަން އެސްޓީއޯ އާއި ހަވާލު ކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ތިލަމާލެ ބްރިޖު މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންގެ ޑެޕިއުޓީ ޕްރޮޖެކްޓު މެނޭޖަރު ވީ މަދުސްދަނަން އެވެ. އެސްޓީއޯގެ ފަރާޓުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
މި އެއްބަސްވުމުގެ ދަށުން އަހަރު ދުވަހުގެ ތެރޭގައި ބްރިޖު އެޅުމަށް ބޭނުންވާ ކޮންކްރީޓު ފޯރުކޮށްދޭން ޖެހެ އެވެ. އެސްޓީއޯއިން ބުނީ އެ މުއްދަތުގައި ފޯރުކޮށްދޭން ޖެހެނީ ރެޑީމިކްސް ކޮންކްރީޓުގެ7.500 ކިއުބިކް މީޓަރު ކަމަށެވެ.
އެ ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކުރީޓަށްވުމާ އެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ވަނީ ގާއިމުކޮށްފަ ކަމަށް ބުންޏެވެ.
އެސްޓީއޯ އިން ބުނީ، ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެ ކުންފުންޏަށް ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް