ޔާމީން ހައްޔަރުކުރަން ގޮވާލާ ޕީޕީއެމްގެ އޮފީހާއި ޔާމީންގެ ގެކޮޅަށް ސްޕްރޭ ކުރި މައްސަލަ ބަލަނީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހާއި އެމަނިކުފާނުގެ ގެކޮޅުގެ ފާރަށް ރޭ ބަޔަކު ސްޕްރޭ ޖަހައިފި އެވެ. ޔާމިން ހައްޔަރުކުރަން ގޮވާލައި...

12 May 2022 | 07:43

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހާއި އެމަނިކުފާނުގެ ގެކޮޅުގެ ފާރަށް ރޭ ބަޔަކު ސްޕްރޭ ޖަހައިފި އެވެ.

ޔާމިން ހައްޔަރުކުރަން ގޮވާލައި ހ. ދޫވެހި ގޭގެ ދޮރަށާއި ގަރާޖު ގޭޓަށް އަދި ޕީޕީއެމް އޮފީހުގެފާރަށާއި ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަށް ކަޅުކުލައިގެ ސްޕްރޭކޮށްފައި ވަނީ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ.

ރޭގެމެންދަމުގެ ވަގުތުގައި ސްޕްރޭކޮށްފައިވާ އިރު ޔާމީނަކީ ވަގެއްކަމަށް ބުނެ ލިޔެފައިވާ ކަރުދާސްތަކެއްވަނީ މަގުައްޗަށް އުކާފައެވެ.

މި މައްސަލައިގަ ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް