ޖަނަވަރީމަގުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ނާޒިހް ހައްޔަރު ކޮށްފި

މާލޭގައި ގްރޫޕް މާރާމާރީ ހިންގާ މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހުންގެ ތެރެއިންއިތުރު މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ހަތް މީހަކު ހޯދަން ވަނަވަރާއި ފޮޓޯ އާއި އެކު ފުލުހުން އިއުލާނު ކުރ...

12 May 2022 | 06:22

މާލޭގައި ގްރޫޕް މާރާމާރީ ހިންގާ މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހުންގެ ތެރެއިންއިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހަތް މީހަކު ހޯދަން ވަނަވަރާއި ފޮޓޯ އާއި އެކު ފުލުހުން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން ވަނަ މީހަކަށް ހައްޔަރު ކޮށްފައިވަނީ ގއ. ގެމަނަފުށީ ކެނެރީގޭ އުމުރުން27 އަހަރުގެ އަހުމަދު ނާޒިހު އެވެ. އޭނާ ހައްޔަރު ކުރީ މިމަހުގެ10 ވީ އަންގާރާ ދުވަހު އެވެ.

ފުލުހުން ބުނީ އެނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށެވެ.

މިހާތަނަށް މި މައްސަލައިގަ ހޯދަން އިއުލާނު ކުރި ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި މީހުންނަކީ މިމަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅުންހުރި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް