ގޫގުލް ޓްރާންސްލޭޓުގައި ދެވެހި ބަސް ހިމަނައިފި އެވެ.
ދިވެހި ބަހާއި އެކު އަލަށް ގޫގުލް ޓްރާންސްލޭޓުގައި 24 ބަހެއް ހިމަނާފައިވެ އެވެ. ގޫގުލްއިން ބުނީ ގޫގުލް ޓްރާންސްލޭޓްގެ އާ ބަސްތައް ބޭނުންކުރެވޭ ގޮތް އިއްޔެ ހެދިޔަސް، ބައެއް ކަސްޓަމަރުންނަށް އެ ހިދުމަތް ލިބުމުގައި އަދި ދެތިން ދުވަސް ލަސްވެދާނެ ކަމަށެވެ.
އަލަށް އިތުރު ކުރި ބަސްތަކުގެ ތެރެއިން10 ބަހަކީ އެފްރިކާގެ ގައުމުތަކުގައި ބޭނުން ކުރާ ބަސްތަކެވެ. އޭގެ ތެރޭގައި ލިންގާލާ، ޓްވީ އަދި ޓިގްރިންޔާ ބަސް ހިމެނެ އެވެ.
އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ބަހުގެ ގޮތުގައި އަލަށް ޓްރާންސްލޭޓުގައި ހިމަނާފައިވަނީ އިންޑިއާ، ނޭޕާލް އަދި ފިޖީގެ ބައެއް މީހުން ވާހަކަދައްކާ ދޯޖްޕޫރީ ބަހެވެ. އެބަހުން ވާހަކަ ދައްކާ50 މިލިއަންގެ އާބާދީއެއް އޮވެ އެވެ.
ގޫގުލް އިން ބުނި ގޮތުގައި، އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށެވެ. އިތުރު ކުރި ބަސްތަކާ އެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެ އެވެ.
އެ ކުންފުނިން ބުނީ އަދިވެސް ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7،000 ވުރެ ގިނަ ބަސްތައް ހުރުމުން އަމާޒަކީ އެ ހުރިހާ ބަހެއް ގޫގުލް ޓްރާންސްލޭޓްގައި ހިމެނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް