ފެހެންދޫ ފަޅުގައި އޮތް ބޯޓަކާއި ޑިންގީއެއްގައި ރޯވެ ހުލިވެއްޖެ

ބ. ފެހެންދޫ ފަޅުތެރޭގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓަކާއި، ޑިންގީއެއްގައި، ރޭ އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ދަންވަރު އެކެއް ޖަހާލި ހާއ...

12 May 2022 | 05:03

ބ. ފެހެންދޫ ފަޅުތެރޭގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓަކާއި، ޑިންގީއެއްގައި، ރޭ އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ދަންވަރު އެކެއް ޖަހާލި ހާއިރުކަމަށެވެ. އަލިފާން ރޯވީ އެރަށު ގެސްޓްހައުސް އަކުން ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ. އަލިފާން ރޯވި ޑިންގީ އަކީ އެ ރަށު އަމިއްލަ މީހެއްގެ ޑިންގީއެކެވެ.

ފެހެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ފެހެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެއުޅަނދު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އެހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް