ކާށިދޫ ކައިރީގައި ފުރަތަމަ ފަހަރަށް މަސްކަނދެއް އަޅައިފި

ކ. ކާށިދޫ ކައިރީގައި މަސް ކަނދެއް އަޅައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސްކަނދު އަޅާފައިވަނީ ކާށިދޫގެ އުތުރުން4.5 މޭލު ދުރުގައި ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިއީ ކަށިދޫއަށް ކަނދެއް އަޅައިދި...

12 May 2022 | 03:57

ކ. ކާށިދޫ ކައިރީގައި މަސް ކަނދެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސްކަނދު އަޅާފައިވަނީ ކާށިދޫގެ އުތުރުން4.5 މޭލު ދުރުގައި ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިއީ ކަށިދޫއަށް ކަނދެއް އަޅައިދިން ފުރަތަމަ ފަހަރު ކަމަށެވެ.

މި ކަނދުގެ ނަމްބަރަކީ G09V01 އެވެ.

އެ މިނިސްޓްރީން ބުނީ މި މަސްކަނދަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މަސް ކަނދުފަތި އެޅުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

މިނިސްޓްރީގެ ކަދުފަތި އަޅާ ޓީމު ދެން ދާނީ ތ. އަތޮޅަށެވެ. އެގޮތުން އެ ޓީމުން ދެން މަސްކަނދު އެޅުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ތިމަރަފުށްޓާއި ވިލުފުށީ ކައިރީގައި އެވެ.

https://twitter.com/MoFMRAmv/status/1524587678053715969

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްކަނދުފަތި އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހާއްސަކޮށް މީގެ ކުރިން އަޅާފައިވާ އަދި މިހާރު ހަލާކުވެފައިވާ މަސްކަނދުފަތިތައް އަލުން މަރާމާތު ކޮށް ބޭނުން ކުރެވޭ ގޮތް ހެދުމަަށް އެމަނިކުފާނު ވައުދުވެފައިވެ އެވެ.

އެ ވައުދު ފުއްދުމުގެ ގޮތުން މިދިޔަ ދެތިން އަހަރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް މަސްކަނދުފަތި އެޅުމާއި މަރާމާތު ކުރުން ކުރިޔަސް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް