ޢީދުގެ އުފާ އެންމެން އެކުއެކީ ފާހަގަ ކޮށްލުމަށް އުރީދޫ ޢީދު ޝޯ މިއަހަރުވެސް ޑިޖިޓަލްކޮށް ބޭއްވުމަށް ނިންމައިފިއެެވެ.
ކޯވިޑް 19 އިން ރައްކާވެތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްކުރެވެމުންދާ މަސައްކަތްކަތާއެކު ޢީދު ފަދަ ހާއްސަ ދުވަސް ތަކުގައި ޒާމާންވީ އާދަކާދަތަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރިންނަށް ޒިޔާރާތްކޮށް ހެދުމަށް އުޒުރުވެރިވެ ގޭގައި މަޑުކުރަންޖެހިފައެވެ.
މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ޑިޖިޓަލް މިއުސިކް ޝޯ، އުރީދޫ ޢީދު ޝޯ 2021 ބާއްވާނީ ޑިޖިޓަލްކޮށް ކަމަށް ބުނެ އެވެ. އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ.
އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނޭކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ 24 މޭ، ރޭގަނޑު 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އުރިދޫއިން ވަނީ އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވާފައެވެ.
ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ ލިންކް(ore.do/eidshow) މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް