ދިރާގުން އީދަށް ހާއްސަ އޮފާތަކެއް

މި އަހަރުގެ ފިޠުރު ޢީދަށް ހާއްސަކޮށް ދިރާގުން ގޮތުން އޮފާ ތަކެއް ތައާރަފުކޮށްފިއެވެ ދިރާގުން ބުނީ މި އަހަރުގެ ރޯދަ މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ...

12 May 2021 | 18:36

މި އަހަރުގެ ފިޠުރު ޢީދަށް ހާއްސަކޮށް ދިރާގުން ގޮތުން އޮފާ ތަކެއް ތައާރަފުކޮށްފިއެވެ

ދިރާގުން ބުނީ މި އަހަރުގެ ރޯދަ މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ ޢީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ޢީދު 20 ޖީބީގ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެއެވެ.

ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ޢީދު ހަތް ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ޢީދު 14 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ

މީގެ އިތުރުން އެފް.ބީ.ބީ ޑޭޓާ ބޫސްޓާ މޭ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެއެވެ. ދިރާގުން ބުނީ ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެވޭނީ މިމަހުގެ 13-15 މެއި އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކޮށްގެންނެވެ.

މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެގޮތުންނާއި ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މިއަހަރުގެ ރޯދަ މަހެކޭ އެއްގޮތަށް އީދު ޑޭޓާ ބަންޑަލްސް ގަންނަ ކަސްޓަމަރުން ކުރާ ހަރަދުގެ 10 ޕަސެންޓު މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ވަނީ ނިންމާފައިއެވެ.

ކޯވިޑް-19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މި ދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށެވެ. ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް