ވިއްސާރައިގެ ސަބަބުން އައްޑޫއާއި ނައިފަރުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

ވިއްސާރައިގެ ސަބަބުން އައްޑޫއާއި ނައިފަރުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫޫ ސިޓީގެ މަރަދޫ، ހި...

12 May 2021 | 18:26

ވިއްސާރައިގެ ސަބަބުން އައްޑޫއާއި ނައިފަރުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ފެންވަދެފައި ވާ ކަމަށެވެ. އަދި އެ ރަށްތަކުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އެހީވެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން ޅ. ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޕަމްޕް ބޭނުންކޮށްގެން މަގުތަކުގައި ފެން ހިއްކުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު19:30 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް