މިއީ އޮސިތާ އައިހީމް، އުމުރަކީ 39 އަހަރު

39 އަހަރު އޮސިތާ އައިހީމް އަކީ މީހުންނަށް އާ މޫނަކަށް ނުވާނެއެވެ. މީސްމީޑިޔާގައި އައިހީމްގެ ފޮޓޯތަކާއި ވީޑިއޯތައް މީމްގެ ގޮތުގައި ވެސް ވަރަށް ބޮޑަށް ދައުރުވެއެވެ. 1982 ފެބްރުއަރީ 20 ވަނަ ދުވަހު އުފަން...

12 May 2021 | 17:58

39 އަހަރު އޮސިތާ އައިހީމް އަކީ މީހުންނަށް އާ މޫނަކަށް ނުވާނެއެވެ. މީސްމީޑިޔާގައި އައިހީމްގެ ފޮޓޯތަކާއި ވީޑިއޯތައް މީމްގެ ގޮތުގައި ވެސް ވަރަށް ބޮޑަށް ދައުރުވެއެވެ.

1982 ފެބްރުއަރީ 20 ވަނަ ދުވަހު އުފަންވި އައިހީމް އަކީ ނައިޖީރިއާގެ އެންމެ މަޝްހޫރު އެއް އެކްޓަރެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ދެ ފިލްމަކުން 'ޕޯޕޯ' ގެ ބައި ކުޅިގެންނެވެ.

ކޮމްޕިއުޓަރ ސައިންސް އިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ އައިހީމް ވަނީ ނައިޖީރިއާއާއި އެފްރިކާގެ ޒުވާނުންނަށް ހިވްތަރު ދިނުމުގެ ގޮތުންނާއި 'އިންސްޕަޔަރ' ކުރުމަށްޓަކައި މޫމްވެންޓްގެއް އުފައްދާފައެވެ.

އެފްރިކަން މޫވީ އެކަޑަމީ އެވޯޑްސްގެ ފަރާތުން އައިހީމް އަށް ވަނީ2007 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެއްވެސް ލިބިފައެވެ.

އައިހީމް އުންމީދު ކުރަނީ ކުރިއަށް އޮތް ތާނގައި ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

ހެދިބޮވުމުގައި ހުންނަ މައްސަލައެއް ކަމަށްވާ އެކޮންޑްރޯޕްލާސިއާ އައިހީމްގެ ހުރި ނަމަވެސް މިއީ ބައެއްޔެއް ނޫނެވެ. ހަށިގަނޑުގެ ހަރަކާތްތަކަށް މިކަމުގެ ސަބަބުން ބުރޫއެއް ނާރައެވެ.

އެކޮންޑްރޯޕްލާސިއާގެ ސަބަބުން އައިހީމް އިސްކޮޅުން ކުޑަ ނަމަވެސް، އެއީ އޭނާގެ ދިރިއުޅުމަށް ހުރަސްއެޅޭ ކަމެއް ނޫން ކަން އޭނާ ވަނީ މުޅި ދުނިޔެއަށް ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް