އިތުރު ރެކޯޑެއް، މިއަދު 1،572 މީހުން ކޯވިޑަށް ޕޮސިޓިވް

ކޯވިޑް-19 އަށް އިތުރު1،572 މީހުން ޕޮސިޓިވް ޕޮސިޓިވް ވެއްޖެ އެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ގިނަމީހުން ޕޮސިޓިވްވި ދުވަހެވެ. މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ1،315 މީހުންނެވެ....

12 May 2021 | 17:37

ކޯވިޑް-19 އަށް އިތުރު1،572 މީހުން ޕޮސިޓިވް ޕޮސިޓިވް ވެއްޖެ އެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ގިނަމީހުން ޕޮސިޓިވްވި ދުވަހެވެ.

މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ1،315 މީހުންނެވެ. އަތޮޅުތެރެއިން242 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު15 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 844 ކަމަށެވެ. އަނެއް ޕޮސިޓިވް ކޭސްތަކަކީ އޭގެ ކުރީގެ ތާރީހުތަކުގައި ނަގާފައިވާ ސާމްޕަލްތަކެއް ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 5،334 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 12،873 މީހުންނަށެވެ، އޭގެ ތެރެއިން 263 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 27،123 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 87 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިދް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 40،092 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް