އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމުގެ ޔަޤީންކަން އަރުވާ ކަމަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަން ހިމެނޭ ލިސްޓެއް މިއަދު މިވަނީ އާއްމުވެފައެވެ. އޭގާއި ނަން އޮތް ޓޮމް ބުނީ އެއީ އަބުރު ނަގާލުމުގެ މަސައްކަތުގެ ތެރެއިން، ފަތުރާ ހަޤީޤަތާއި ޚިލާފު ވާހަކަތައް ކަމަށެވެ.
އެފަދަ ދޮގު ފަތުރަމުންދަނީ ސިޔާސީގޮތުން ބަލިކޮއްލެވޭނެ ކަމުގެ ނިޔަތުގައި ކަމަށާއި، ސިޔާސީ މައިދާނަށް ނުކުމެ ހުރީ ދިމާވި ކޮންމެ ކަމަކާ ކުރިމަތިލުމަށް ކެރިގެން ކަމަށް ޓޮމް ފާހަގަކޮށްލިއެވެ.
" އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް، ވިޔަފާރިގެ ނުވަތަ އަމިއްލަ އެކައުންޓަކަށްވެސް އަދި ފައިސާގެ ގޮތުގައިވެސް ލިބިފައިނުވާނެ ކަމުގެ ޔަޤީންކަން އަރުވަން" ޓޮމް ބުނެފައިވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.
އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަޖިލީހުން މި ލިސްޓު އާންމުކުރަން ނިންމި އިރު، ހިޔާނާތުގެ ފަައިސާ ލިބުނު މީހުންގެ ލިސްޓު ކަމަށް ބުނެ ލިސްޓެއް ވަނީ މީސްމީޑިއާގަައި ލީކޮކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް