ބޮޑު ހިޔާނާތް: މަޖިލީހުން އާންމުކުރި ލިސްޓްގައި ޕީޖީ ޝަމީމްގެ ނަމެއް ނެތް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖެހިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ލިސްޓެއް މަޖިލީހުންވެސް މިއަދު އާންމުކޮށްފައިވާއިރު އެ ލިސްޓްގައި މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް...

12 May 2021 | 11:47

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖެހިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ލިސްޓެއް މަޖިލީހުންވެސް މިއަދު އާންމުކޮށްފައިވާއިރު އެ ލިސްޓްގައި މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ނެތްކަން ފާހަގަކުރެވިއްޖެއެވެ.

ނަމަވެސް ރޭގައި ސޯޝަލް މީޑިއާއަށް ލީކުކޮށްލި ލިސްޓްގައި ޕީޖީ ޝަމީމްގެ ނަން އޮތެވެ. އަދި ބައެއް މީޑިއާތަކުން އެކަން ރިޕޯޓްވެސް ކޮށްފައިވެއެވެ.

ޕީޖި ޝަމީމް ވަނީ ރޭގައިވެސް އެކަން ދޮގުކުރައްވާފައެވެ.

މަޖިލީހުގެ ސަބް ކޮމިޓީގެ ރިޕޯޓްގައި ދެ ލިސްޓެއް ވަކިން ހާމަކޮށްފައިވެއެވެ. އެއީ މިހާރުވެސް އެކި މަގާމުތަކުގައިތިބި 119 މީހަކު ހިމެނޭ ލިސްޓަކާއި ތުހުމަތު ކުރެވޭ 281 މީހުންގެ ލިސްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް