އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓު އާންމުކޮށްފި އެވެ.
އެ ލިސްޓުގައި ވާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ282 މީހަކަށް ލިބިފައިވެ އެވެ. އަދި ކޮންމެ މީހަކަށްވެސް ލައްކައަށްވުރެ ގިނަ ރުފިޔާ ދީފައި ހުއްޓެވެ.
އެކަމަކު މަޖިލީހުން އާންމު ކުރި ލިސްޓާއި ރޭ މީޑިއާގައި ލީކުވި ލިސްޓާއި ތަފާތު ހުރިކަން އެނގެ އެވެ. އެއީ ރޭ އާންމު ލިސްޓުގައި ހިމެނޭ މީހުން މި ލިސްޓުގައި ހިމެނިފައި ނެތުމެވެ.
މަޖިލީހުން އާންމު ކުރި ލިސްޓުން އެނގޭ ގޮތުގައި 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ.
އެ ލިސްޓުގައި ހިމެނޭ މި ސަރުކާރުގެ ހަމައެކަނި ވަޒީރަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ގިނައިން އެ ލިސްޓުގައި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްމަގާމު ތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރުގެ ޕީޕީއެމްގެ މަޖިލީސް މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް